ށ. މިލަންދޫގައި 50 ހައުސިން ޔުނިޓު ހެދުމުގެ މަޝްރޫއު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ.
ށ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރެވެ.
އެ މަޝްރޫއުގެ ދަށުން މިލަންދޫގައި ތިން ކޮޓަރި އެޕާޓްމަންޓު ހިމެނޭ 50 ހައުސިން ޔުނިޓު އިމާރާތްކުރާނެއެވެ. އެ މަޝްރޫއު އެޗްޑީސީއާ ހަވާލުކުރީ 280 ދުވަސްތެރޭ ނިންމައި ހަވާލުކުރާ ގޮތަށެވެ.
އެ މަޝްރޫއުގެ މަސައްކަތް އެޗްޑީސީއާ މިއަދު ހަވާލުކުރި އިރު، ކުރީ ސަރުކާރުގައި ހަދަން ފެށި 50 ހައުސިން ޔުނިޓުގެ މަސައްކަތް ވެސް އެ ރަށުގައި ކުރިއަށްދެއެވެ.
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ