ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާގެ ދަށުން މިހާތަނަށް 8 ލައްކައަށްވުރެ ގިނަ ގަސް އިންދައިފި އެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އާލާކުރުމާއި ރާއްޖޭގެ ފެހިކަން އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ.
ޓުއަރިޒަމް އެންޑް އެންވައިރަމަންޓް މިނިސްޓްރީން އިއްޔެ އެކްސްގައި ހިއްސާ ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައިި ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، މި އަހަރުގެ މިހާތަނަށް ޖުމުލަ 800،190 ގަސް އިންދާފައިވެއެވެ.
މި މަސައްކަތުގެ ދަށުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާތަނަށް އިންދި ގަސްތަކުގެ އަދަދު ދައްކައިދޭ ބޯޑު "ފެހި މަންޒަރު" އިފްތިތާހުކޮށްފައިވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 18 ގައެވެ. އެ ވައުދުގެ ދަށުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އެޗްޑީސީން ވަނީ މިހާތަނަށް 105,000 ގަސް އިންދައިފައި ކަމަށް އެ ކޯޕްރޭޝަނުން ބުނެެއެވެ.
އޭގެ އިތުރުން ސްޓެލްކޯއިން ވައުދު ވެފައިވާގޮތަށް 500،000 ގަސް އިންދުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ހަފުތާ ބަންދުތަކުގައި ދަނީ ގަސް އިންދުމުގެ ހަރަކާތްތަކެއް ހިންގަމުން ކަމަށް އެ ކުންފުނިން ބުނެފައިވަނީ މި އަހަރުގެ ޖޫން 14 ގައެވެ.
މި މަސައްކަތުގެ ދަށުން ސަރުކާރުގެ އެކި ކުންފުނިތަކުންނާއި ރަށްތަކުގެ ކައުންސިލުތަކުގެ އިތުރުން އަމިއްލަ ބައެއް ޖަމާއަތްތަކުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސްއިންއިދުމުގެ ޕްރޮގްރާމްތައް ކުރިޔަށްގެންދެއެވެ.
ފާތިމަތު ލިއުޝާ
ގަސް ހެއްދުން
ގަސް ހެއްދުން
ގަސް ހެއްދުން