ފުލުހުންގެ ހިދުމަތަށް 2022 ވަނަ އަހަރު ބޮޑީވޯން ކެެމެރާ ގެނައުމުގައި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ މައްޗަށް ކޮރަޕްޝަނަށް ޝައްކުކުރެވޭ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފިއެވެ.
އެކަމާ ބެހޭގޮތުން ވާހަކަދައްކަަވަމުން މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ، އެއީ ވިސްލް ބްލޯވަރުން ކޮމިޓީއަށް ހުށަހެޅި މައްސަލައެއް ކަމަށެވެ.
އެ މައްސަލަ ސަބް ކޮމިޓީން ތަހުގީގުކުރި އިރު، ސިންގަލްސޯސް ޕްރޮކިއުމެޓްގެ ދަށުން ބޮޑީ ވޯން ކެެމެރާ ގަތުމަށް 66 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"ޝައްކު އުފެދޭ ހިސާބަކީ ބީލަމެއްކޮށްފައި އެ ބީލަން ކެންސަލްކުރީ. އެއަށްފަހު ހަމަ އެ ފަރާތަށް މި ހަވާލުކުރަނީ ސިންގަލް ސޯސް ޕްރޮކިއުމެންޓްގެ ގޮތުގައި އެތަކެތި ހޯދަން،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެ މުއާމަލާތުގެ ފަހުން ކޮމިޝަނަރުކަމުން ރިޓަރާ ކުރެއްވުމަށްފަހު، ހަމީދު އެ ކުންފުނީގެ ވަޒީފާއަށް ނިކުންނަވައި އެ ތަކެތި ޕްރޮމޯޓް ކުރައްވަމުން ގެންދަވާ ކަމަަށްވެސް ނާޒިމް ވިދަޅުވިއެވެ.
"އެތަކެތި ހޯދަން ޕޭމަންޓްތަކާ އެއްޗެހި ދައްކައި ނިމުނުފަހުން ރިޓަޔާ ކުރައްވާފައި، އެ ތަކެތި ސަޕްލައި ކުރި ކުންފުނީގެ ވަޒީފާއަށް ވަޑައިގަންނަވަނީ. އެހެންކަމުން އެ މަގާމުގައި ހުންނަވައިގެން ޕްރޮޑަކްތައް ޕްރޮމޯޓް ކުރައްވާތީ އޭގެ މޯރަލް އިޝޫ ވެސް ހުރި ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ،" ނާޒިމް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ