ށ. ފޭދޫ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފޭދޭއަށް ކުރެއްވި ދަތުރުފުޅުގައި ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.

މިނިސްޓަރުގެ އަރިހުގައި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު އަދި ފޭދޫ ކައުންސިލުގެ ރައީސް އަހުމަދު ރައިސަމް ބައިވެރިވެވަޑައިގަތެވެ. ފޭދޫ ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ފޭދޫ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ އެވެ. ފޭދޫ ފިޓްނެސް ސެންޓަރު ތަރައްގީކުރަނީ އިންޑޯ ޖިމާއި އެރޮބިކްސް އާއި އެކި ކަހަލަ އިންޑޯ ގޭމްތަކާއި ބޯޑު ގޭމް ކުޅެވޭގޮތަށެވެ. ޓްރޭނިންތައް ހިންގުމަށް ކްލާސްރޫމާއި މީޓިން ރޫމްވެސް އެ ސެންޓަރުގައި ހަދަން ނިންމާފައިވެއެވެ.