ސަރުކާރުން އަލަށް އުފެއްދި ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ބޭންކުގެ އަމަލީ މަސައްކަތް އަދި ނުފެށުނު ނަމަވެސް، ބޭންކުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ. އެ ބޭންކަކީ ރައްޔިތުން އެކައުންޓް ހުޅުވައިގެން ދުވަހުން ދުވަހަށް ހިދުމަތް ހޯދާ ކަހަލަ ބޭންކެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދަން ގާއިމުކުރި ވަރަށް މުހިއްމު ނިޒާމެއް ކަމަށްވެސް ވިދާޅުވިއެވެ. ވަރަށް އަވަހަށް އެ ބޭންކުގެ ހިންގުމުގެ ކަންކަން ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނު އިރު ރާއްޖޭގައި ވަރަށް ބޮޑު ދަރަންޏެއް އޮތް ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ ތަކުލީފުތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެއިރު ރާއްޖޭގެ ރޭޓިން އޮތް ހިސާބަށް ބަލާއިރު މިހާރު ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު