އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލްގެ "ފަޔާ ތަކާފުލް" މިއަދުން ފެށިގެން އޮންލައިންކޮށް ނެގެން ހުންނާނެ ކަމަށް އެލައިޑުން ބުންޏެވެ.
އެލައިޑުން މިއަދު ބުނީ "ފަޔާ ތަކާފުލް" އަކީ އިސްލާމީ ޝަރީއާއާ އެއްގޮތްވާ ގޮތަށް އެލައިޑުގެ އޮންލައިން ޕްލެޓްފޯމް "މައިއެލައިޑް" މެދުވެރިކޮށް ނެގޭގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެއް ކަމަށެވެ.
"ފަޔާ ތަކާފުލް" ނަގަން ބޭނުންވާ ފަރާތްތަކަށް، ވަގުތުން އެ ޕްލޭން އޮންލައިންކޮށް އެއްވެސް ލިޔެކިޔުމެއް ހުށަހަޅަން ނުޖެހި ހޯދުމުގެ ފުރުސަތު އޮންނާނެކަމަށް އެލައިޑުން ބުންޏެވެ.
މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފުކުރި ޕްލޭނެއްކަމަށް އެލައިޑުން ބުންޏެވެ. އެ ޕްލޭންގެ ބޭނުމަކީ އަލިފާނުގެ ހާދިސާއިން ލިބޭ ގެއްލުމުންނާއި ގުދުރަތީ ކާރިސާތަކުން މުދަލަށް ގެއްލުން ލިބުމުގެ އިތުރުން ހަމަނުޖެހުންތަކާއި، މުޒާހަރާތަކުން މުދަލަށް ލިބޭ ގެއްލުން، ފެންޓޭކް ނުވަތަ ހޮޅިއެއް ފަޅައިގެން ދިޔުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކަށް ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށް އެލައިޑުން ބުންޏެވެ.
"ފަޔާ ތަކާފުލް" ޕްލޭނަކީ އެ ވިޔަފާރިއަކުން ބޭނުންވާ ގޮތަކަށް ކަސްޓަމައިޒް ކުރެވޭ ޕްލޭނެއްކަމަށް އެލައިޑުން ބުންޏެވެ.
އެލައިޑުން ބުނީ "ފަޔާ ތަކާފުލް" ޕްލޭންގެ ސަބަބުން ބޭކަރީތަކާއި، ރެސްޓޯރެންޓުތަކާއި، ޖިމްތައް އަދި ވޯކްޝޮޕްތަކުގެ އިތުރުން ގުދަންތަކާއި ޑައިވް ސެންޓަރުތަކަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށެވެ.
އެލައިޑް ތަކާފުލްގެ އަމާޒަކީ، ވިޔަފާރިތަކަށް މާލީ ރައްކާތެރިކަން ހޯދައިދިނުން ކަމަށް އެލައިޑުން ބުންޏެވެ. އަދި ހިދުމަތްތައް އަތްފޯރާފަށަށް ގެނެސްދިނުންކަމަށް އެލައިޑުން ބުންޏެވެ.
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް