އަލަށް އަމަލު ކުރަން ފެށި ގާނޫނުގެ ދަށުން އެކުލަވައިލުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލެއްވި 10 ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
އެ ކޮމިޝަނަށް މަޖިލީހުގެ ކަނޑައަޅާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއުލާން ކޮށްފައެވެ.
ކޮމިޝަނަށް ކުރިމަތިލި 10 ބޭފުޅުން:
- ފާތިމަތު ފަހުމީ، ސީނަރީ ގދ، މަޑަވެލި
- މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް
- ސަފާ ޝަފީގު، ބިއްލޫރިވިލާ، ދ. މީދޫ
- އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
- އިބްރާހިމް މުހައްމަދު، ގ. ވިންޑް
- މޫސާ ރިލްވާން، މ. ހާވިލާ
- މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން
- ޝެހެނާޒް އަދްނާން، ދރ. ރސ. 80580
- މުހައްމަދު ސާމިން، ފިނިވާގެ، އއ. ތޮއްޑޫ
- ޝަފީގާ ނައީމް، ބީޗް ސައިޑް ފ. ނިލަންދޫ
ހަތް މެންބަރުންގެ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ.
މި ކޮމިޝަނަށް މީޑިއާތަކުން ހޮވަންޖެހޭ މެންބަރުން ވަނީ މިހާރު ހޮވައިފައެވެ.
އިބްރާހިމް ޒަކީ
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ކާބޯތަކެތި