ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ މިއަދު މެންދުރުފަހު 3:00 އިން މިރޭ 9:00 އާ ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ.
މެޓުން ވަނީ ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ބައެއް ހިސާބުތަކަށް ގުގުރާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ވައިގެ ބާރުމިން އުޅޭނީ 15 މޭލާއި 25 މޭލާ ދެމެދުގައި ކަމަށާއި އެގޮތުން މެދު ރާއްޖެ އާއި ދެކުނަށް އާންމު ގޮތެއްގައި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލު ވިދާޅުވިއެވެ. .
މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ.
މޫސުމާބެހޭ ގައުމީ އިދާރާ
މޫސުމާބެހޭ ގައުމީ އިދާރާ
މޫސުމާބެހޭ ގައުމީ އިދާރާ
މޫސުމާބެހޭ ގައުމީ އިދާރާ