ސްކޮޓިޝް ޕްރިމިއާޝިޕްގެ ރޭންޖާސްއާ އަލުން ހަވާލުވުމަށް ސްޓީވަން ޖެރާޑަށް ހުށަހެޅި ހުށަހެޅުމަށް އޭނާ ނޫނެކޭ ބުނެފިއެވެ.
ރޭންޖާސްގެ ކޯޗުކަމުގައި ހުރި ރަސެލް މާޓިން، މިދިޔަ ހަފުތާ ތެރޭގައި މަގާމުން ވަކިކުރުމާއެކު، އެ ކްލަބުން އެންމެ ފުރަތަމަ ވާހަކަ ދެއްކީ ލިވަޕޫލާއި އިންގްލެންޑް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޖެރާޑާ ކަމަށް ނޫސްތައް ބުނެފައެވެ.
ހަބަރުތައް ބުނީ އެ ވާހަކަތައް ފުރަތަމަ ދިޔައީ ރަނގަޅަށް ނަމަވެސް، ޖެރާޑް މިވަގުތަށް އެ ކްލަބާ ހަވާލުވާން ބޭނުންނުވީ ކަމަށެވެ. އެހެންނަމަވެސް، ފަހުން ރޭންޖާސްއާ ހަވާލުވާން ބޭނުންވާކަން ޖެރާޑް ފާހަގަކުރި ކަމަށްވެސް އިތުބާރު ނޫސްތައް ބުނެއެވެ.
އުމުރުން 45 އަހަރުގެ ޖެރާޑް، މީގެ ކުރިން 2018 ވަނަ އަހަރުން 2021 ވަނަ އަހަރަށް އެ ކްލަބަށް ކޯޗުކަން ކޮށްދީފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި 2020-21 ވަނަ އަހަރުގެ ސްކޮޓިޝް ލީގު އޭނާ ވަނީ އެ ކްލަބާއެކު ކާމިޔާބު ކޮށްފައެވެ.
އޭގެފަހުން ޖެރާޑް ވަނީ އެސްޓަން ވިލާއާއި ސައުދީ ކްލަބުގެ އަލް އިއްތިފާގުގެ ކޯޗުކަން ކޮށްފައެވެ. އެ ދެ ޕްރޮޖެކްޓްވެސް ކާމިޔާބެއް ނުވިއެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ