ސްޕެއިނަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރެޑް އެލާޓް ނެރެފިއެވެ.
ސްޕެއިންގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ އިތުރުން ފެންބޮޑުވާނެ ކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާ އިރު، އެގައުމުގައި ވަނީ ރެޑް އެލާޓް ނެރެފައެވެ.
ސްޕެއިންގެ މޫސުމާބެހޭ އިދާރާ ''އެމްމެޓް'' އިން ވަނީ ތޫފާން އެލިސްގެ ސަބަބުން އެގައުމުގެ އެކި ސަރަހައްދުތަކަށް 250 އާއި 300 މިލިމީޓަރާ ދެމެދުގެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ.
އޮފިޝަލުން ވަނީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ބޯކޮށް ވާރޭވެހޭނެ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ތިބުމަށް އާންމުންނަށް އަންގައިފައެވެ.
ސްޕެއިންގެ މޫސުމަށް މިއައި ބަދަލަކީ މޫސުމީ ބަދަލެއް ކަމަށާއި ވިލާގަނޑުގައި ގަޑިއިރެއްގެ ތެރޭ 60 މިލިމީޓަރަށްވެސް ވާރޭ ވެހިދާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލުން ބުނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ވެސް ސްޕެއިނަށް ވަނީ މި ބާވަތުގެ ކުއްލި ވިއްސާރައެއް ކޮށްފައެވެ. އެ ވިއްސާރައިގައި ފެންބޮޑުވެ އެގައުމުގެ އެކި ސަރަހައްދުތަކުން 200 އެއްހާ މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
ރައީސް މުހައްމަދު ނަޝީދު