މިހާތަނަށް 3،942 ވަޒީފާ ދޭ ފަރާތެއްގެ ބެލުމުގެ ދަށުގައި ތިބި 27،773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކޮށްފައިނުވާކަން އެކްސްޕެޓް އޮންލައިން ސިސްޓަމްގެ ރިކޯޑުތަކުން ފާހަގަކުރެވިފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުންޏެވެ.
ހޯމްލޭންޑު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާ ދޭ ފަރާތްތަކުން، އެ ފަރާތްތަކުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ އެއްވެސް ބިދޭސީއެއްގެ ބަޔޯމެޓްރިކްސް އެކްސްޕެޓް އޮންލައިން ސިސްޓަމުން އަޕްޑޭޓްކޮށްފައިނުވާ ނަމަ، އަންނަ މަހުގެ 15 ގެ ކުރިން އެ ބިދޭސީއެއްގެ މައުލޫމާތު އަޕްޑޭޓްކުރަން ވާނެ ކަމަށެވެ.
"މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި އެކްސްޕެޓް އޮންލައިން ސިސްޓަމުން ބަޔޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ބިދޭސީން ރާއްޖޭން ޑީޕޯޓުކޮށް، އެ ބިދޭސީންނާ މެދު 'ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނު'ގެ ދަށުން ފިޔަވަޅު އެޅޭނެކަމާއި އަދި އެ ބިދޭސީންގެ ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ފަރާރްތަކަށް 'ވަޒީފާއާ ބެހޭ ގާނޫނު'ގެ ދަށުން 50،000 ރުފިޔާގެ މަގުން ޖޫރިމަނާކޮށް، 'ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނު'ގެ ދަށުން ފިޔަވަޅު އެޅޭނެކަން އާއްމުކޮށް އަންގައި އިއުލާން ކުރަމެވެ..،" ހޯމްލޭންޑުން ބުންޏެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު 1458 ނުވަތަ 7690228 ނަންބަރަށް ގުޅައިގެންނާއި [email protected] އަށް މެއިލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ހޯމްލޭންޑުން ބުންޏެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ