ބިޒްނަސް ވިސާ އަދި ސްޕެޝަލް ވިސާގައި ރާއްޖެ އެތެރެވާ ބިދޭސީންނަށް ރާއްޖޭގައި ތިބެގެން ވޯކް ވިސާއަށް ބަދަލުނުވެވޭ ގޮތަށް އުސޫލު އިސްލާހުކޮށްފިއެވެ.
ހޯމްލޭންޑް މިނިސްޓްރީން މިއަދު ގެޒެޓުކުރި އުސޫލަށް ވަނީ މިއަދުން ފެށިގެން އަމަލުކުރަން ފަށައިފައެވެ.
އެ އުސޫލޫގައި ބުނީ ބިޒްނަސް ވިސާއަކީ އަސްލު ވިޔަފާރީގެ ބޭނުންތަކަށް ކުރު މުއްދަތަކަށް ރާއްޖެއަށް މީހުން ގެނައުމަށް ދޫކުރާ ހުއްދައެއް ނަމަވެސް، ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި އެ ވިސާ ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، ވޯކް ޕާމިޓް ހޯދުމުގެ މަސައްކަތް އަވަސްކުރުމުގެ ބޭނުމުގައި ބިޒްނަސް ވިސާގައި މީހުން ގެނެސްގެން ވިސާ ބަދަލުކުރަމުންދާ ކަމަށް ބުންޏެވެ.
މި އުސޫލަށް ގެނައި އިސްލާހާ ގުޅިގެން، ބިޒްނަސް އަދި ސްޕެޝަލް ވިސާގައި ތިބި ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވޯކް ޕާމިޓަށް އެދި ދެން ހުށަނޭޅޭނެ ކަމަށް ވަޒީފާދޭ އެންމެހައި ފަރާތްތަކަށް އަންގާފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ނަންބަރު 1485 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ހޯމްލޭންޑް މިނިސްޓްރީން އެދެއެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ކޮމެންޓް