ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާނެ މެންބަރު އައްޔަންކޮށްފިއެވެ.
މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާނެ މެންބަރެއް އައްޔަންކޮށްފައިވަނީ، އެ ކުންފުނީގެ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް ރައީސް ޑރ މުހައްމަދު މުއުއްޒު ނިންމަވާފައިވާތީއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާނެ މެންބަރުގެ ގޮތުގައި، މިފްކޯގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، މަސްވެރިޔާ ރީޝަމް މުހައްމަދު ޝަރީފް އައްޔަންކޮށްފައިވާ ކަމަށެވެ.
މިފްކޯގެ ހިންގުމަށް ބަދަލުތަކެއް ގެނެސް، އެ ކުންފުނީގެ ހިންގުމުގައި މަސްވެރީންގެ ހިއްސާ އޮންނަ ގޮތް ހެއްދެވުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ވެވަޑައިގެންނެވި ވައުދެކެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރައީސް ވަނީ، އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި މިފްކޯ އޮތް އޮތުން ނިމުމަކަށް ގެނެސް، 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރައްވަން ވެސް 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނިންމަވައިފައެވެ.
މިފްކޯ
މިފްކޯ
މިފްކޯ
މިފްކޯ