ގާޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ޕްލޭނަށް އަމަލުކުރަން ފަށައިފިއެވެ.
އިސްރާއީލުން ގާޒާގައި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ހުއްޓާލައި ގާޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް ހުށަހަޅާފައިވާ ޕީސް ޕްލޭނަށް އެއްބަސްވެ އަމަލުކުރަން ވަނީ ފަށާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީސް މީޑިއާ މެދުވެރިކޮށް ވިދާޅުވީ އިސްރާއީލާއި ހަމާސް އިން ހަނގުރާމަ ހުއްޓާލައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށާއި ޕީސް ޕްލޭންގެ ފުރަތަމަ ފޭސްގެ ކަންކަން ކުރަން ފަށާފައިވާ ކަމަށެވެ.
އެމެެރިކާގެ ޕްލޭނުގައި ވާގޮތުން ހަމާސް އާއި އިސްރާއީލުން އެއްބަސްވުމާ އެއްގޮތަށް ފުރަތަމަ ފޭސްގައި ކުރަން ޖެހޭ ކަންކަން ވަކި ގަޑިތަކެއްގެ ތެރޭގައި ފުރިހަމަކުރަން ޖެހޭނެއެވެ. އެގޮތުން އިސްރާއީލުގެ ޖަލުތަކުގައި ވާ ފަލަސްތީނުގެ އާންމުން މިނިވަން ކުރުމުގެ އިތުރުން ހަމާސް އިން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ އަސީރުންވެސް މިނިވަން ކުރަން ޖެހެއެވެ.
އެއްބަސްވުމުގައި ވާގޮތުން އިސްރާއީލުގެ ސިފައިންވެސް ގާޒާއިން ފައިބަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއިން ހުށަހެޅި ގާޒާ ޕީސް ޕްލޭންގެ މެދުވެރިޔަކަށް މެދުއިރުމަތީގެ ބައެއް ގައުމުތަކުން ވަނީވެފައެވެ. އެގޮތުން ގަތަރުން ވަނީ މެދުވެރިޔަކަށްވެ ދެފަރާތުންވެސް އެއްބަސް ވާ ކަންކަން ފުރިހަމަކުރޭތޯ ބެލުމަށް ނިންމާފައެވެ.
މުހައްމަދު އައުޒަމް
ކުޅިވަރު
އިރާން
ބޮލީވުޑް
ދުނިޔެ