އދ. އޮމަދޫގައި އިމާރާތްކުރަން ނިންމާފައިވާ ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އޮމަދޫ ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ ރަށްތަކަށް މިހާރު ފަށާފައިވާ ދަތުރުފުޅުގައި މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާއި ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މިނިސްޓަރުންނާއި ކައުންސިލު އިދާރާގެ މެންބަރުންނާއި އެ އިދާރާގެ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

އެ މަޝްރޫ އެމްޓީސީސީއާ ހަވާލުކުރީ 27.23 މިލިޔަން ރުފިޔާއަށް 360 ދުވަހުން ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • 16 އެނދުގެ އިމާރާތެއް އިމާރާތްކުރުން.
  • އިމާރާތުގެ ތެރޭގައި ޓްރައިއޭޖު ސަރަހައްދު ގާއިމުކުރުން.
  • ބަލި މީހުން އެކަހެރި ކުރާ ކޮޓަރިއެއް ގާއިމުކުރުން.
  • އަންހެނުންގެ ވޯޑަކާއި ކުޑަކުދިންގެ ވޯޑެއްް.
  • ވިއްސާކޮޓަރިއަކާއި ޕްރިވެޓް ކޮޓަރި.
  • ފަރުވާދޭ ކޮޓަރިތައް.