އަންނަ 2026 ވަނަ އަހަރަށް ޖުމްލަ 133.5 މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ އޮފީހުގެ ބަޖެޓާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާއި އެ އޮފީހުގެ އިސް ބޭފުޅުން ވަނީ ބައިވެރި ވަޑައިގެންފައެވެ.

އެ ބައްދަލުވުމަށް އަންނަ އަހަރަށް ބޭނުންވާ ބަޖެޓް ހުށަހެޅުއްވިއިރު، ޕީއެސްއައިޕީ އާ އެކު މުޅި ބަޖެޓްގެ ޖުމްލަ އަކީ 13.4 މިލިޔަން ރުފިޔާއެވެ.

ނަމަވެސް ޕީއެސްއައިޕީއާ ނުލައި 92 މިލިޔަން ރުފިޔާއެވެ. އެއީ ރިކަރަންޓް ހަރަދަށް 89 މިލިޔަން ރުފިޔާ އާއި ކެޕިޓަލް ހަރަދަށް ތިން މިލިޔަން ރުފިޔާ ހިމަނައިގެންނެވެ. ޕީއެސްއައިޕީގައި ހިމެނެނީ 41.5 މިލިޔަން ރުފިޔާއެވެ.