އދ. ފެންފުށީ ދޯނި އެހެލާ ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު ފެންފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީއެވެ.
47 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން 1.4 ހެކްޓަރުގެ ބިން ހިއްކައި 398 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހަން ވަނީ ނިންމައިފައެވެ. އަދި 232 މީޓަރުގެ ބޮޑުހިލައިގެ ދެ ގްރޮއިން ޖަހައި، 45 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ޖެހުމުގެ އިތުރުން ރިވެޓްމަންޓް ބެކްފިލްކުރުމާއި ގޮނޑުދޮށް ވެލިން މުއްސަނދިކުރަން ވަނީ ނިންމައިފައެވެ.
އާއިޝަތު މާހާ
ކުށް
ކުށް
އެމެރިކާ