އަސީރުން ސަލާމަތްކުރުމަށް ހަމަލާތައް ހުއްޓާލަންޖެހޭ ކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާއިން ހުށަހަޅާފައިވާ ގާޒާ ޕީސް ޕްލޭނަށް ހަމާސް އެއްބަސްވެ އެޕްލޭންގައި ވާގޮތަށް އަސީރުން ދޫކޮށްލުމަށް ވަނީ ނިންމައިފައެވެ.
ހަމާސްއިން އަސީރުން ދޫކުރުމަށް މަސައްކަތް ފަށާފައިވާއިރު އެމަސައްކަތް ކުރަމުންދާއިރު އިސްރާއީލުން ހަމަލާތައް ދިނުމަކީ ރައްކާތެރިކަމެއް ނޫންކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ އިއްޔެ ވަނީ އިސްރާއީލުން ދެމުން އަންނަ ހަމަލާދައް ހުއްތާލަން ޖެހޭ ކަމަށާއި އެހެން ނޫނީ އަސީރުން މިނިވަން ކުރުމުގެ ކަންކަން ކުރިޔަށް ނުގެންދެވޭނެ ކަމަށް ބުނެފައެވެ.
އަސީރުން ދޫކުރުމަށް ބާއްވާ މަޝްވަރާތައް މިސްރުގެ ޝާމް އަލް ޝެއިހް ރިސޯޓުގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ އިރު އިސްރާއީލުގެ މަންދޫބުންނާއި ހަމާސްގެ މަންދޫބުން އެމަޝްވަރާތަކުގައި އަދީރުން ދޫކުރުމުގެ ކަންކަމުގައި ގޮތެއް ނިންމާނެ ކަަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއިން ހުށަހަޅާފައިވާ ޕްލޭނުގައި ވާގޮތައް ހަމާސް އިން ވަނީ އެގްރޫޕުން ހައްޔަރުކޮށްފައިވާ އަސީރުން ދޫކޮށް އަދި އިސްރާއީލުން ވެސް ހައްޔަރުކޮށްފައިވާ ގައިދީން ދޫކޮށްލަން ޖެހޭނެއެވެ.
މުހައްމަދު އައުޒަމް
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު