ރާއްޖޭގެ އިގުތިސޯދާއި މާލީ ދާއިރާއަށް ހާއްސަކޮށްގެން، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެެން ތައްޔާރުވަމުންދާ "އެމްއެމްއޭ އިކޮނޮމިކް އެންޑް ފައިނޭންސް މެގަޒިން" އަށް ލިޔުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
އެމްއެމްއޭއިން ބުނިގޮތުގައި ދިރާސާކުރާ ފަރާތްތަކާއި އިގުތިސޯދީ މާހިރުން އަދި އިގުތިސޯދީ ލިޔުންތައް އުފެއްދުމަށް ޝައުގުވެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް މި މަހު 9 ވަނަ ދުވަހުގެ ނިޔަލަށް އެ މަޖައްލާއަށް ލިޔުން ހުށަހެޅޭނެއެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި އެ މަޖައްލާއަކީ ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އެކަޑެމިކުންނާއި، އިގުތިސާދީ އަދި މާލީ މާހިރުންނަށް އެމީހުންގެ ހިޔާލުތަކާއި އާ ވިސްނުންތައް ހިއްސާކޮށް، އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް މަޝްވަރާކުރުމުގެ ވަސީލަތެއް ފޯރުކޮށްދޭނެ ޕްލެޓްފޯމަކަށްވާނެއެވެ.
އެ މަޖައްލާގެ ފުރަތަމަ އަދަދުގެ ތީމްއަކީ "ޑިޖިޓަލް ލައިފްލައިންސް: ފިންޓެކް ފޮރ އައިލެންޑް އިކޮނޮމީސް" އެވެ. އެ ތީމްގެ ދަށުން ރާއްޖެ އާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސޯދު ވަރުގަދަކުރުމަށް ފައިނޭންޝަލް ޓެކްނޮލޮޖީ އަދި އިނޮވޭޝަންތަކުގެ އެހީގައި ލިބިފައިވާ އަދި ލިބޭނެކަމަށް ބެލެވޭ ކުރިއެރުންތަކާއި ގުޅޭ އާޓިކަލްތައް ހިމެނޭނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
އަދި ހުށަހަޅާ ލިޔުންތަކުގައި ޑިޖިޓަލް ޕޭމަންޓްތަކުގެ ކުރިއެރުން، މާލީ ދިދުމަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރު، މާލީ ދާއިރާ ހަރުދަނާކުރުމަށް ޑިޖިޓަލް ހައްލުތައް، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށާއި ނޫ އިގުތިސޯދަށް ފިންޓެކްގެ ބޭނުންހިފުން، އަދި ސްމާޓް އައިލެންޑް އިކޯސިސްޓަމްތައް ބިނާކުރުން ފަދަ ތަފާތު ގިނަ މައުލޫތަކެއް ހިމެނިދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެ މަޖައްލާއަށް ހުށަހަޅާ ލިޔުންތަކާއި ގުޅޭގޮތުން އެމްއެމްއޭއިން ބުނީ:
- މަޖައްލާގައި އޮޕީނިއަން އާޓިކަލް، ދިރާސާ ހޯދުންތައް، ކޭސް ސްޓަޑީތައް، އިންޓަވިއުތައް އަދި ފޮތް ރިވިއުތައް ފަދަ އެކި ބާވަތުގެ ލިޔުންތައް ޝާއިއުކުރެވޭނެ ކަމަށް
- ހުށަހަޅާ އާޓިކަލްތައް ހުންނަންވާނީ އިނގިރޭސި ބަހުން ކަމަށް
- އަދި އާޓިކަލްތައް ހުށަހަޅަންވާނީ 500 އާއި 2,000 ބަހުގެ ދެމެދުގެ ދިގުމިނުގައި މައިކްރޯސޮފްޓް ވާޑް ފޯމެޓުގަ ކަމަށް
- ހޮވޭ މަޒުމޫނުތައް ޝާއިއުކުރުމުގެ އިތުރުން އެ މަޒުމޫނުތައް ލިޔާ ފަރާތްތަކަށް ފައިސާގެ އަދަދެއްވެސް ލިބޭނެ
- ހޮވޭ މަޒުމޫނުތަކުގެ ލިޔުންތެރިންނަށް މި މަހުގެ ކުރިން އެކަން އަންގާނެ
- އާޓިކަލް ފޮނުވާނީ [email protected] އަށް ކަމަށް
އާއިޝަތު މާހާ
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ