އިންޑަސްޓްރިއަލް ވިލެޖެއްގެ ގޮތުގައި ތަރައްގީ ކޮށްފައިވާ ތިލަފުށިން ފަސް ބިމެއް އެޗްޑީސީން، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކައިފިއެވެ.

މި ފަސް ބިން ވިއްކާފައިވަނީ 64،462،412 މިލިޔަން ރުފިޔާއަށެވެ.

ވިއްކި ބިމުގެ ބޮޑުމިނާއި އަގު:

  1. 33،066.80 އަކަފޫޓު 10،713،643.20 ރުފިޔާއަށް
  2. 6،829.58 އަކަފޫޓު 4،056،770.52 ރުފިޔާއަށް
  3. 35،640.56 އަކަފޫޓު 21،170،492.64 ރުފިޔާއަށް
  4. 45،184.26 އަކަފޫޓު 26،839،450.44 ރުފިޔާއަށް
  5. 5،191.53 އަކަފޫޓު 1،682،055.72 ރުފިޔާއަށް

މި ބިންތައް ހޯކްސްއަށް ވިއްކުމަށްފަހު، އެކަން ކަނޑައެޅުމަށް ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގައި، އެ ކޯޓުން މިއަދު ހުކުމްކޮށްފައިވަނީ، ބިންތައް ވިއްކި ފައިސާ ހޯކްސްއިން އެޗްޑީސީއަށް ދައްކައި ހަލާސްކޮށްފައިވާތީ، އެ ބިންތައް ހޯކްސްއަށް މިލްކު ވެއްޖެކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަަމަށެވެ.

މީގެ ކުރިންވެސް ތިލަފުށިންނާއި ހުޅުމާލޭން އެޗްޑީސީން ހޯކްސްއަށް ވަނީ ބިން ވިއްކައިފައެވެ. އެގޮތުން އަށް މިލިއަނަށް ތިލަފުށިން ވިއްކާފައިވާ 24،701.11 އަކަފޫޓުގެ ބިމެއް ހޯކްސްއަށް މިލްކު ވެފައިވާކަަމަށް މިމަހު ދެވަނަ ދުވަހުވެސް ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ.