ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރަން ހަތަރު ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މިއީ އެ ކޮމިޝަނުގައި ތިއްބެވި ހަތަރު މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު މިމަހުގެ 26 އަށް ހަމަވާތީ އެ މަގާމުތަކަށް އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ހަތަރު ބޭފުޅުންގެ ނަމެވެ.
އެބޭފުޅުންނަށް މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ އެ ބޭފުޅުންނަކީ އެ ކޮމިޝަނަށްގެ މެންބަރުކަމަށް ކުރިލާން ހުޅުވައިލެއްވި ފުރުސަތުގައި، ކުރިމަތިލެއްވި ބޭފުޅުންގެ ތެެރެއިން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ހަތަރު ބޭފުޅުން ކަމަށެވެ.
އެ ބޭފުޅުންނަކީ:
- ޝުއެއިބު އަބްދުއްރަހްމާން، ދަފްތަރު ރސ. 1188
- ޝިފާޒް އަލީ ދަފްތަރު، ރސ. 12854
- އަލީ މުހައްމަދު މަނިކު، ދަފްތަރު ރސ. 1851
- ފާތުމަތު ޝަރީފް، ގދ. ތިނަދޫ މާކޯޅި
މި ބޭފުޅުންނަށް މަޖިލީހުން ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސް ފޮނުއްވި ސިޓީފުޅުން އަމީން އާއްމު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވުމުން އެ މައްސަލަ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވިކަން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އިއުލާން ކުރެއްވިއެވެ.
އިބްރާހިމް ޒަކީ
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ