ގާޒާގެ ހިސާރު ފޫއަޅުވާލަން މަސައްކަތްކުރަމުންދާ، "ގްލޯބަލް ސުމޫދު ފްލޮޓީލާ" (ޖީއެސްއެފް)ގައި ދިވެހި ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
އޭނާ ވިދާޅުވީ، ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުންގެންދާ ގަތުުލު އާއްމުގެ ތެރެއިން އިސްރާއީލުން ކުރިއަށްގެންދާ ނަސްލު ނައްތާލުމުގެ އަމަލުތައް ކުރިއަށްދާއިރު ގައްޒާގެ ރައްޔިތުން ތިބީ އިންތިހާއަށް ނިކަމެތި ހާލުގައި ކަމަށެވެ.
ހަނގުރާމައިގެ ސަބަބުން ގައްޒާގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސް އަޅަމުންދާއިރު، އިސްރާއީލުން ގައްޒާއަށް ކުރިމަތިކޮށްފައިވާ ގައިރުގާނޫނީ ބްލޮކޭޑް ނައްތާލުމަށާއި އެގައުމުގެ ރައްޔިތުންނާމެދު ހިންގަމުންގެންދާ ޖަރީމާތަކަށް ދެކޮޅުވެރިކަން ދެއްކުމުގެ މަގުސަދުގައި ބައިނަލްއަގުވާކީ އެކި ފަރާތްތައް ބައިވެރިވެގެން "ގްލޯބަލް ސުމޫދު ފްލޮޓީލާ"ގެ މޫވްމެންޓްގެ ނަމުގައި ބައިނަލް އަގްވާމީ އެކިއެކި ޖަމްއިއްޔާތަކަށް ނިސްބަތްވާ ފަރާތްތަކުން އެ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހުގެ ސަމާނާއި ޒަރޫރީތަކެތި ހިމެނޭހެން އިންސާނީއެހީގެ ބޯޓު ފަހަރުގެ ލަޝަކަރެއް ގާޒާގެ ސަރަހައްދަށް އެތެެރެވުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
"މި ފްލީޓުގައި އިންސާނީ އެހީއަށް މަސައްކަތްކުރާ، ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑްއަށް ނިސްބަތްވާ ދިވެހި ދެ ރައްޔިތުންވެސް ތިބިހިނދު އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ގައުމުތަކަށް ނިސްބަތްވާ ފަރާތްތަކުން މި މޫވްމަންޓަށް ހުރަސްއެޅުމަށް މަސައްކަތް ކުރަމުންދާހިނދު އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ފަރާތްތަކުގެ މިއަމަލުތައް ކުށްވެރިކުރުމުގެ ގޮތުންނާއި އެމޫމްމެންތްގެ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދިވެހި ސަރުކާރަށް ކުރެވެން ހުރިކަންކަން ދެނެގަނެ ދިވެހިސަރުކާރުގެ ފަރާތުން އެ މޫވްމެންްޓްގައި ބައިވެރިވުމަށް ގޮވާލައި މި މައްސަ ސަރުކާރުގެ ސަމާލުކަމަށް ގެންނަން،"
މި ކުއްލި މައްސަލައަށް ބަހުސްކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ އިއްތުފާގުންނެވެ.
އިބްރާހިމް ޒަކީ
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ