ދައުލަތުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ވަރަށް އަވަހަށް އަންނާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާ "އިންޓާނަލް އޮޑިޓް ކޮންފަރެންސް 2025" ފަަށަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިންޓާނަލް އޮޑިޓަރުންނަށް މަސައްކަތް ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމަށް އިންޓާނަލް އޮޑިޓަރުންނަށް ހާއްސަކޮށް، އޮނިގަނޑެއް އެކުލަވާލާފައިވާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ކައިރި މުސްތަގްބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮބަދަލު އަންނާނެ ކަމަށެވެ.
"މިހާރު ވަނީ އިންޓާނަލް އޮޑިޓަރުންނަށް ހާއްސަ އޮނިގަނޑެއް އެކުލަވާލެވިފައި. އަދި ކައިރި މުސްތަގުބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުފާވެރި ހަބަރު އަޅުގަނޑު ހިއްސާކޮށްލަން،" ނައިބު ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ އިންޓާނަލް އޮޑިޓް ކޮންފަރެންސްގެ ޝިއާރަކީ "ބަދަލުވަމުންދާ ވެއްޓެއްގައި ޖަވާބުދާރީ ކުރުވުމުގައި އިންޓާނަލް އޮޑިޓްގެ ދައުރާއި، އާންމު މަސްލަހަތު ކުރިއެރުވުން" ކަމަށާއި މި ޝިއާރުން ވެސް ފާހަގަވެގެންދަނީ ދުނިޔެ ބަދަލުވަމުން، ތަހްޒީބުވަމުންދާ ދިއުމުގައި ތަފާތު އީޖާދުތަކާއެކު ކުރިއަށް ދެނެނުގަނެވޭނެ ހިރާސްތަކާއި ގޮންޖެހުންތަކާއި އޮޑިޓްކުރުމުގައި ވެސް ކުރިމަތިލާން ޖެހޭނެ ކަންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ހިރާސްތައް ދެނެގަނެ އެކަންކަމަށް އޮޑިޓަރުން ފާރަވެރިވާން ޖެހޭ ކަމަށާއި ކަންކަން ބޮއްސުންލައިގެން ދިއުމުގެ ކުރިން އެކަންކަމަށް ފާރަވެރިވެ، އިދާރާތަކުގެ އިންޓާނަލް ކޮންޓްރޯލް ވަރުގަދަ ކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު