ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އިންދިރާގާންދީ މެމޯރިއަލްހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ފުރަތަމަ ފަހަރަށް އެންޑޮސްކޯޕިކް ސްޕައިން ސާޖަރީ (މަސްގަނޑު ނުފަޅާ ކެމެރާ ލައްވައިގެން ކުރިޔަށްގެންދާ މައިބަދައިގެ) އޮޕަރޭޝަނެއް ކޮށްފިއެވެ.
މި އޮޕަރޭޝަނަކީ މައިބަދައާ ދިމާލުން ކުޑަ ލޯވަޅެއް ތޮރުފައިގެން ކުޑަ ހޮޅިއެއްގެ ތެރެއިން ކެމެރާއާއި އޮޕަރޭޝަނަށް ބޭނުންވާ އާލާތްތައް ވައްދައިގެން ކުރާ އޮޕަރޭޝަނެކެވެ. މިއީ އާންމުކޮށް ފަޅައިގެން ކުރާ އޮޕަރޭޝަންތަކުގެ ބަދަލުގައި ކުރާ އޮޕަރޭޝަންތަކެވެ.
އައިޖީއެމްއެޗުން މިއަދު އެކްސްގައި ބުނީ އެ ހޮސްޕިޓަލުގެ އެމްސީޖީއެޗްގެ ޑިޕާޓްމަންޓް އޮފް ނިއުރޯ ސާޖަރީއިން، އެންޑޮސްކޯޕިކް ސްޕައިން ސާޖަރީއެއް ތައާރަފްކޮށް، ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
"އޭގެ ތެރޭގައި ފުރިހަމަ އެންޑޮސްކޯޕިކް ޓްރާންސްފޯރަމިނަލް އަދި އިންޓާލެމިނާ ސާޖަރީތައް ހިމެނޭ. ނިއުރޯ ސާޖަރީއަށް ރާއްޖޭގައި އާ ކާމިޔާބީއެއް!." އައިޖީއެމްއެޗުން ބުންޏެވެ.
އެ އޮޕަރޭޝަން ކުރި ޓީމުގައި އިސްކޮށް ހުންނެވީ، ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަން، ޑރ. އަލީ ނިޔާފެވެ.
މި އޮޕަރޭޝަނުގެ އިތުރުން އައިޖީއެމްއެޗުން މިއަދު ވަނީ އަލަށް އޮކްސިޕިޓޯސާވިކަލް ފިއުޝަން (އޯސީއެފް) އެއް ކޮށްފައެވެ.
ފާތިމަތު ލިއުޝާ
އައިޖީއެމްއެޗް