މި އަހަރުގެ ފިލްމްފެއަރ އެވޯޑްސްގެ ހޮސްޓުގެ ގޮތުގައި ސުޕަސްޓާރ ޝާހުރުކް ޚާން ހަމަޖައްސައިފިއެވެ. މި ޝަރަފުވެރި އެވޯޑް ޝޯގެ ހޯސްޓިން ޒިންމާ ޝާހު ހިއްސާކުރާނީ މަނީޝް ޕޯލް އަދި ކަރަން ޖޯހަރާއެކުގައި ކަމަށް އޯގަނައިޒަރުން ބުނެފައިވެއެވެ.
ފިލްމްފެއަރ އިން މި އަޕްޑޭޓް ދިނީ އެ ފަރާތުގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައެވެ. ޝާހު ވަނީ ކުރީންވެސް އެތައް ފަހަރަކު ފިލްމްފެއަރ އެވޯޑްސް ހޯސްޓްކޮށްފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2003 އަދި 2004 ގައި އެކްޓަރ ސައިފް އަލީ ޚާނާއެކު ހޯސްޓްކުރި ފަހަރުތަކެވެ. އޭގެ ފަހުން އޭނާ 2007 ގައި ކަރަން ޖޯހަރާއެކު ކޯ-ހޯސްޓެއްގެ ގޮތުގައި ފެނުނެވެ. 2008 ވަނަ އަހަރު، 53 ވަނަ ފިލްމްފެއަރ އެވޯޑްސް ޝާހު އެންމެ ފަހުން ހޯސްޓްކުރި އިރު، އެފަހަރު އޭނާ ސްޓޭޖް ހިއްސާކުރީ ސައިފް، ކަރަން އަދި ވިދިޔާ ބާލަންއާ އެކުގައެވެ. އޭގެ ފަހުން ފިލްމްފެއަރ އެވޯޑްސްގެ ވަކިވަކި ސެގްމަންޓްގެ ގެސްޓް ހޯސްޓެއްގެ ގޮތުގައި ނޫނީ ޝާހު ބައިވެރިވެފައެއް ނުވެއެވެ.
ފިލްމްފެއަރ އެވޯޑްސް 2025 ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އަހްމަދާބާދުގެ އެކާ އެރީނާ، ކަންކަރިޔާ ލޭކްގައެވެ. މިއީ މި މަޝްހޫރު ފިލްމް އެވޯޑްސްގެ 70 ވަނަ އެޑިޝަން ގުޖަރާތުގައި ބާއްވާ ފުރަތަމަ ފަހަރެވެ.
މި އެވޯޑްތަކުގެ ނޮމިނޭޝަންތައް މިދިޔަ މަހު ވަނީ އިއުލާންކޮށްފައެވެ. އޭގައި ކިރަން ރާއޯގެ "ލާޕަތާ ލޭޑީސް" ވަނީ 24 ނޮމިނޭޝަން ހޯދައިގެން ލިސްޓުގެ އެންމެ ކުރީގައި ހިމެނިފައެވެ. އަދި އެކްޝަން ފިލްމު "ކިލް" ވަނީ 15 ނޮމިނޭޝަނާއެކު ދެވަނައަށް ހޮވިފައެވެ.
މި އެވޯޑް ޝޯއަކީ އިންޑިއާގެ ފިލްމީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އަދި ޝަރަފުވެރި އިވެންޓުތަކުގެ ތެރެއިން އެއް އިވެންޓެވެ.
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން