ގާޒާ ޕްލޭނަށް ޖަވާބުދޭން ހަމާސް އަށް މުހުލަތުދީފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރްމްޕް އިސްވެ އުފައްދާފައިވާ ގާޒާ ޕީސް ޕްލޭން އަށް ޖަވާބު ދިނުމަށް ހަމާސް އަށް ދީފައިވަނީ ތިނެއް ނުވަތަ ހަތަރު ދުވަހެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ވިދާޅުވީ ހަމާސް އަށް ތިން ދުވަސް ނޫނީ ހަތަރު ދުވަސް ލިބޭނެ ކަމަށާއި އެ ޕްލޭންއާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.
ޓްރަމްޕް ވަނީ އެ ޕްލޭންގައި ހުރިހާ އަރަބި ގައުމުތަކުން ބައިވެރިވެފައިވާ ކަމަށާއި މުސްލިމް ގައުމުތަކުން ވެސް ބައިވެރިވެފައިވާކަން ވިދާޅުވެފައެވެ. މީގެ އިތުރުން ޓްރަމްޕް ވަނީ އިޒްރޭލުން ވެސް އެޕްލޭން ގަބޫލުކޮށް ބައިވެރިވެފައިވާ ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕް ވިދާޅުވީ ހަމާސް އިން އެ ޕްލޭނަށް އެއްބަސް ނުވެއްޖެނަމަ ނިމުން ހިތާމަވެރި ވާނެ ކަމަށެވެ.
ގާޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިޒްރޭލާއި އެމެރިކާއިން ވަނީ 20 ޕޮއިންޓު ހިމެނޭ ޕްލޭނެއް އެކުލަވާލައިފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ