ޗައިނާއަކީ ރާއްޖޭގެ ދެހެމެހެއްޓެނިވި ތަރައްގީގެ ބައިވެރިއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސާއި ސަރުކާރުގެ އިތުރުން ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ، ރައީސް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ، ޗައިނާއަކީ ރާއްޖޭގެ ގާތް ރަހުމަތްތެރިއެއްގެ އިތުރުން އެ ގައުމާއި ރާއްޖޭގެ ދެމެދުގައި އޮތީ އިހުތިރާމާއި އެއްބައިވަންތަކަމާއި މެހުމާންދާރީ އެކުލެވޭ ގުޅުމެއް ކަމަށެވެ.
ޗައިނާއަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިސް ދައުރެއް އަދާކުރަ ގައުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެހެނިހެން ރޮނގުތަކުންވެސް އެ ގައުމާއެކު ރާއްޖެއިން ގުޅުން ބަދަހިކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާއިރު ދުނިޔޭގެ އިގުތިސޯދަށް އަންނަ ބަދަލުތަކާއި އަންނަން އޮތް ޖީލުތަކަށް ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން ރާއްޖެއަށް ތަސައްވަރުކުރެވޭ ކަމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި ތަރައްގީގެ ބައިވެރިންގެ އިތުރުން ތަސައްވަރު ހިއްސާކުރާ ބައިވެރިންވެސް ހޯދަން ޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ، އެކަމުގައި ޗައިނާގެ އެހީތެރިކަން އަބަދުވެސް ރާއްޖެއަށް ލިބޭ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޗައިނާއަކީ، ގޮންޖެހުންތައް ގިރާކޮށް، ތަރައްގީގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި އެންމެ ނުފޫޒުގަދަ އެއް ގައުމަށްވެފައިވާ ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު