ސައޫދީ އަރަބިއްޔާއަށް ދާ މީހުންނަށް އެ ގައުމުގެ އިންޓީރިއާ މިިނިސްޓްރީން ދޫކުރާ "ވިޒިޓާ އައިޑީ" ކާޑު ބޭނުންކޮށްގެން އެ ގައުމުގައި ބޭންކް އެކައުންޓް ހުޅުވައި ޑިޖިޓަލް ވޮލެޓްތަކުގައި ބޭނުންކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.
ސައޫދީ ސެންޓްރަލް ބޭންކް (ސަމާ) ގެ ގަވައިދަކަށް ގެނައި ބަދަލު ގެނެސް، ގައުމަށް ޒިޔާރަތްކުރާ މީހުންނަށް ވެސް ބޭންކް އެކައުންޓް ހުޅުވޭ ގޮތް ހަމަޖެއްސީ މާލީ ނިޒާމުގައި ބައިވެރިވުން ބޮޑުކުރުމަށާއި ޑިޖިޓިލް ޓްރާންސްފޮމޭޝަން ހަލުވިކުރުމަށް ސައޫދީގެ "ވިޒަން 2030" ގައި ކަނޑަައަޅާފައިވާ ލަނޑުދަނޑު ހާސިލުކުރުމަށެވެ.
ސައުދީގެ މަރުކަޒީ ބޭންކުން މިހާރު ވަނީ ވިޒިޓާ އައިޑީ ކާޑަކީ ބޭންކް އެކައުންޓް ހުޅުވުމަށް ބޭނުންކުރެވޭނެ ރަސްމީ ލިޔުމެއް ކަމަށް ކަނޑައަޅައި އެގޮތަށް އަމަލުކުރުމަށް ބޭންކްތަކަށް އަންގައިފައެވެ. މި އައިޑީ ކާޑަކީ އެ ގައުމުގެ ޑިޖިޓަލް ޕްލެޓްފޯމްތަކުން ވެރިފައިކުރެވޭ ކާޑެކެވެ. މިއީ ޓޫރިސްޓުންގެ ގޮތުގައި ދާ މީހުންނާއި ވިޔަފާރިވެރިންނާއި ހައްޖާއި އުމްރާގެ އަޅުކަމަށްދާ މީހުންނަށް ވެސް އެއީ ކޮން ބޭނުމެއްގައި އައިސް އުޅޭ ކާކުކަން އަންގައިދޭ ގޮތަށް ދޫކުރާ ކާޑެކެވެ.
މީގެ ކުރިން ނަމަ، ސައޫދީއަށް ޒިޔާރަތްކުރާ މީހުންނަށް ބޭންކް އެކައުންޓް ހުޅުވުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވެއެވެ. އެންމެ ބޮޑު ހުރަހަކީ ކާކުކަން އަންގައިދޭ ލިޔުމުގެ ގޮތުގައި ބަލައިގަންނަ ލިޔުންތަކުގެ މައްސަލައެވެ.
ބޭންކް އެކައުންޓް ހުޅުވުމަށްފަހު ވިޒިޓާ އައިޑާ ކާޑާއި ބޭންކް އެކައުންޓް ލިންކްކުރެވޭނެއެވެ. އަދި އެ ކާޑު ސައޫދީގެ ލޯކަލް މޮބައިލް ވޮލެޓްތަކުގައި ބޭނުންކުރެވޭނެއެވެ. އޭރުން ސައޫދީގައި އުޅޭއިރު ނަގުދު ފައިސާ ބޭނުންކުރަން ނުޖެހި ސީދާ ކާޑުން ނުވަތަ ޑިޖިޓަލް ވޮލެޓުން ޕޭމަންޓްތައް ހެދޭނެއެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު