ބަނގުރާ ބުއި މީހަކު 40 އެތިފަހަރުން ޖަލްދުކޮށް ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ގދ. މަޑަވެލި ކޮރަލް އަލީ ޒަމީރު އިތުރު ބަޔަކާއެކު ހުޅުމާލެ ކަންނެލިޖެޓީ ސަރަހައްދުން ބަނގުރާ އެތެރެކުރަން އުޅޭކަަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ފުލުހުން ހިންގި ތަހުގީގުގައި، ބަނގުރާ ބުއިކަމަށް އިއުތިރާފުވެފައިވާތީ އާއި މަސްތުުވުމަށް ބަނގުރާ ބޯކަމަށްބުނެ އިއުތިރާފުވެފައިތީ ދައުލަތުން ކޮށްފައިވާ ދައުވާއެކެވެ.

ބަނގުރާ ބުއިމުގެ މި ދައުވާއަށް ކޯޓުގައިވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ.

އެހެންކަމުން ކޯޓުން ހުކުމްކުރީ، އޭނާ އެ ކުށަށް އިއުތިރާފުވެފައިވާތީ ބަނގުރާ ބުއިމުގެ ކުށުން ކުށްވެރިވެއްޖެކަަމަށް ކަނޑައަޅައި، ޕްރޮސިކިއުޓާ ޖެެނެރަލާއެކު ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުމުގައިވާގޮތުގެ މަތިން 40 އެތިފަހަރުން ޖަލްދު ކުރުމާއެކު 3،600 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން އަމުރުކުރާ ކަމަށެވެ.