ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ދައުރު ނުކުރަން ފުލުހުން އެދިއްޖެ އެވެ.

ފުލުހުން މިއަދު މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އަޕާނޯތް ޕޮލިސް ގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ ވީޑިއޯ ދައުރުކުރުމަކީ އެ އަމަލުގެ ސަބަބުން، އަނިޔާ ލިބިފައިވާ ކުއްޖާއަށް އިތުރަށް އުނދަގޫތަައް ކުރިމަތިވެ، އެ ކުއްޖާގެ ކަރާމާތަށް އުނިކަން އަތުވެދާނެ ކަމަކަށް ވުމާއެކު އެ ވީޑިއޯ އިތުރަށް ދައުރު ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އެކަމާގުޅިގެން ބަލަންޖެހޭ ކަންކަން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އާއި ރަށު ޕޮލިސް ގުޅިގެން ބަލަމުްގެންދާ ކަމަށް ފުލުހުން ބުންޏެވެ.