އެސްޓީއޯ އިން އެލްޖީ ބްރޭންޑުގެ ޓީވީތައް ތައާރަފުކޮށް ވިއްކަން ފަށައިފިއެވެ.

އެލްޖީ ބްރޭންޑުގެ ޓީވީ އެސްޓީއޯ އިން ތައާރަފުކޮށްފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

28 ސެޕްޓެމްބަރު 2025، އެސްޓީއޯ އިން އެލްޖީ ބްރޭންޑުގެ ޓީވީތައް ތައާރަފުކޮށް ވިއްކަން ފެށުން -- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯ އިން މިއަދު ބުނީ އެ ބްރޭންޑް ތައާރަފުކުރުމާއެކު 'އެލްޖީޓީވީ އިންޓްރޮޑިއުސިންގް އޮފާ' ގެ ދަށުން ވަރަށް ހާއްސަ އަގުތަކެއްގައި ކަސްޓަމަރުންނަށް އެލްޖީ ޓީވީ ގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެގޮތުން، އެ އޮފާގެ ދަށުން ވިއްކާ އެލްޖީ ޓީވީތަކުން ދިހަ ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށާއި އެ އޮފާގެ ދަށުން ޓީވީ ގަތުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ނުވަވަނަ ދުވަސް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެލްޖީ ބްރޭންޑުގެ ޓީވީތަކަކީ އާންމުންގެ މެދުގައި މަޝްހޫރު، އިތުބާރު ލިބިފައިވާ ބްރޭންޑެއްގެ ޓީވީތަކެކެވެ.