މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ ތަމްވީލް އިކޮންކުއެސްޓް ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ މުބާރާތަކީ ދިވެހި ޒުވާނުން އިގުތިސާދީ އެކިއެކި މައުޟޫއުތަކަށް ހިޔާލުފާޅުކޮށް، އިލްމީ ނަޒަރަކުން މާލީ ކަންކަމަށް ދެނެގަތުމަށް ޒުވާނުން ބައިވެރިކުރުމަށް ބާއްވާ ބަހުސް މުބާރާތެކެވެ.
މާލެ ސަރަހައްދުގައި ހިމެނޭ ސްކޫލުތަކާއި، ކޮލެޖުތަކާއި، ޔުނިވާސިޓީތަކުގެ 16 އަހަރާއި 25 އަހަރާ ދެމެދުގެ ދަރިވަރުންނަށް ހުޅުވާލެވިފައިވާ އެ މުބާރާތުގެ މަގުސަދަކީ ކުރިމަގުގެ ލީޑަރުންގެ މެދުގައި މާލީ ހޭލުންތެރިކަމާއި، މަދަނީ ހޭލުންތެރިކަމާއި، މާލީ ކަންކަމަށް ވިސްނުން އިތުރުކުރުމެވެ.
އެމްއެމްއޭ އިން މިއަދު ބުނީ ބައިވެރިން ބަހުސްކުރާނީ މާލީ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޑިޖިޓަލް ފައިސާއާއި، އިސްލާމީ އިގުތިސާދު ފަދަ ތީމްތަކުގެ މައްޗަށް ކަމަށާއި ބަހުސްތައް ކުރިއަށްދާނީ އިނގިރޭސި ބަހުން، ޕަބްލިކް ފޯރަމް ނުވަތަ ސްޕޮންޓޭނިއަސް އާގިއުމެންޓޭޝަން ސްޓައިލްގައި ކަމަށެވެ.
ކޮންމެ ވާހަކަދައްކާ ފަރާތަކަށްވެސް ފަސް މިނެޓުގެ ވަގުތު ދެވޭނެ ކަމަށާއި އަދި ކޮންމެ ބަހުސެއްގެ ކުރިން 30 މިނެޓުގެ ތައްޔާރުވުމުގެ ވަގުތު ދެވޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެ މުބާރާތުގައި ގިނަ އަދަދެއްގެ އިނާމު ހުށަހަޅާފައިވެއެވެ. ޗެމްޕިއަން ޓީމަށް 8،000 ރުފިޔާއާއި ތަށްޓަކާއި ސެޓްފިކެޓްތައް ލިބޭނެއެވެ. ރަނަރަޕް ޓީމަށް 5،000 ރުފިޔާއާއި ސެޓްފިކެޓްތައް ލިބޭނެއެވެ. އަދި އެންމެ މޮޅު ވާހަކަދެއްކުންތެރިޔާއަށް 2،000 ރުފިޔާ ލިބޭނެއެވެ. އޭގެ އިތުރުން، އުފެއްދުންތެރިކަމުގެ އިތުރުން ތަފާތު ނަޒަރިއްޔާތަކުގެ ހުށަހެޅުމަށް 1،000 ރުފިޔާގެ ހާއްސަ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެމްއޭ އިން ފާހަގަކޮށްފައިވާ ގޮތުގައި އިކޮންކުއެސްޓްގެ މަގުސަދަކީ ހަމައެކަނި އާންމުކޮށް ވާހަކަދެއްކުމާއި ތަހުލީލުކުރުމުގެ ހުނަރުތައް ތަރައްގީކުރުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން، ދަރިވަރުންނަށް ދުނިޔޭގެ އިގުތިސާދީ ގޮންޖެހުންތައް ދިރާސާކުރުމަށާއި އަދި ދެމެހެއްޓެނިވި މާލީ މުސްތަގުބަލަކަށް އާ އުފެއްދުންތެރި ހައްލުތައް ހުށަހެޅުމަށް ބާރުވެރިކުރުވުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ޝައުގުވެރިވާ ޓީމުތަކުން، 3 އާއި 5 އާ ދެމެދުގެ މެންބަރުން ހިމެނޭ ގޮތަށް، އެ ޓީމުގެ ލީޑަރެއް ކަނޑައަޅައި، އަންނަ އަންގާރަ ދުވަހުގެ ރޭ 11:59 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެ އެމްއެމްއޭ އިން ބުންޏެވެ.
އެޕްލިކޭޝަންތައް ހުށަހެޅުމަށް https://shorturl.at/wZhEP
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ