އިޓަލީ ލީގުގައި ރޭ އިންޓަ މިލާނުން ކުޅުނު މެޗުން މޮޅުވި ނަމަވެސް، ޔުވެންޓަސްއިން އެޓަލާންޓާއާ އެއްވަރުވެއްޖެއެވެ.
އިންޓައިން ރަށުން ބޭރުގައި ކަގްލިއަރީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އިންޓައިން ތާވަލުގެ ފަސްވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. މިވަގުތު ތާވަލުގެ ހަތަރު ވަނައިގައި އޮތް ރޯމާއަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް އޭސީ މިލާނަށްވެސް ހަތަރު މެޗުން ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ.
ދެވަނައިގައި މިވަގުތު އޮތް ޔުވެންޓަސްއިން ރޭ އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، އެޓީމަށް ފަސް މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ. އެއްވަނައިގައި އޮތް ނަޕޯލީއަށް ހަތަރު މެޗުން ވަނީ 12 ޕޮއިންޓް ލިބިފައެވެ.
އިންޓައިން ކުޅުނު މެޗުގެ ކުރީކޮޅުގައި އެޓީމުން ލީޑު ނެގިއެވެ. ލައުޓާރޯ މާޓިނޭޒްގެ ގޯލުން އިންޓައިން ލީޑު ނަގާފައިވާ އިރު، މެޗުން ތިން ޕޮއިންޓް ޔަގީންކުރީ ފަހުކޮޅުގައި ފްރެންސެސްކޯ ޕިއޯ އެސްޕޮސިޓޯ ޖެހި ގޯލުންނެވެ.
ޔުވެންޓަސްއާއި އެޓަލާންޓާ ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ކަމާލުއްދީން ސުލެމާނާއެވެ. އެ ގޯލާއެކު އެޓަލާންޓާއިން ލީޑު ކުރަމުން ދިޔަ ނަމަވެސް، 78 ވަނަ މިނެޓުގައި ޖުއާން ކަބަލް ޔުވެންޓަސްއަށް އެއްވަރުކޮށްދިނެވެ.
އޭގެފަހުން 80 ވަނަ މިނެޓުގައި މާޓެން ޑި ރޯންއަށް ދެއްކި ރަތް ކާޑުން ޔުވެންޓަސްއަށް ހިތްވަރު ލިބުނު ނަމަވެސް، އެޓީމަށް އިތުރު ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ