ހުޅުމާލޭގައި ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަަމަލާދިން މައްސަލައިގައި ބަންގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:45 ހާއިރު ލިބުނު ކަމަށެވެ. އެ ހާދިސާގައި ހަމަލާދީ ޒަހަމްކޮށްލީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ފިހާރައެެއްގައި މަސައްކަތްކުރާ 21 އަހަރުގެ ނޭޕާލް އަންހެނަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގެ ތުހުމަތުގައި ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގީރް މިއާ (25އ)، މިއަދު ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މީހާ ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ކެމެރާ ފުޓޭޖު ބަލައިގެންނާއި އަދި އެހެނިހެން ގޮތްގޮތުން ތަހުގީގު ތެރެއިން ކުރެވުނު މަސައްކަތުން މީހާ ދެނެގަނެ، ލޮކޭޓުކޮށްގެން ހުޅުމާލޭ ދެވަނަ ފޭސް އިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް