ރަހުނަކާ ނުލައި، ތިން މިލިއަން ރުފިޔާގެ ހައުސިން ލޯނު ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގުރައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސީދާ ބޭންކުން ހައުސިންއަށް އިތުރު ލުއި ފުރުސަތުތައް ފަހިކޮށްދިނުމަށް ދަންނަވާފައިވާނެ ކަމަށެވެ.
އެގޮތުން އިތުރު ރަހުނެއް ނުބަހައްޓައި އެއް މިލިއަން ރުފިޔާއާ ހަމައަށް ހައުސިން ލޯނު ދޫކުރަން މިދިޔަ އަހަރުގެ މެއި މަހު ބީއެމްއެލުން ފަށާފައިވާ ކަމަށާއި އަދި ސިޓީތަކަށް އެ އަދަދު މިއަހަރުގެ ފެބްރުއަރީ މަހު ދެ މިލިއަން ރުފިޔާއާ ހަމައަށް ބޮޑުކޮށްދިން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ދެން މިހާރު ވާނީ މިކަން އަދި އިތުރަށް ލުއިކޮށްދީފައި. މިހާރު ބޭންކުން ނިންމާފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް، ވަކި ރަށެއް ނުބަލައި ހުރިހާ ރަށެއްގެ ރައްޔިތުން ވެސް އެއްވެސް އިތުރު ރަހުނެއް ނުބަހައްޓައި ގެދޮރު ބިނާކުރުމަށް ތިން މިލިއަން ރުފިޔާއާ ހަމައަށް ބޭންކުން ލޯނު ދޫކުރަން ފަށާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތިން މިލިއަން ރުފިޔާއާ ހަމައަށް ކޮންމެ ރަށަކަށް ވިޔަސް، ހައުސިން ލޯނު ދޫކުރުމަށް ބީއެމްއެލްގެ ބޯޑުން މީގެ ދެ ދުވަހެއްހާ ދުވަސް ކުރިން ނިންމާފައިވާ ކަމަށާއި އެ ލޯނަށް އެދުމުގެ ފުރުސަތު ވަރަށް އަވަހަށް އެ ބޭންކުން ހުޅުވާލާނެ ކަމަށެވެ.
"ތިން މިލިއަން ރުފިޔާއާ ހަމައަށް ރަހުނެއް ނުބަހައްޓައި ލޯނު ނެގުމަކީ ވަރަށް ބޮޑަށް ލުއިވެގެންދާނެ ކަމެއް. ދެން އޭގައި އިކުއިޓީ ޕަސަންޓޭޖަށް ޑިޕެންޑުވާނީ. އެންމެ ގިނަވެގެން 20 އަހަރު ދުވަހަށް ބަހާލައިގެން ލޯނު އަނބުރާ ދެއްކޭ ލޯނު ސްކީމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ލޯނު ސްކީމުގެ އިތުރުން ގެދޮރު ހެދުމަށް ފަސް ޕަސަންޓުގެ އިންޓަރެސްޓު ރޭޓުގައި ލޯނު ދޫކުރާ ގޮތަށް މީގެ ކުރިން ސަރުކާރުން ވަނީ ނިންމައިފައެވެ.
ބޯހިޔާވަހިކަމަށް އިސްކަންދިނުމުގެ ގޮތުން މިއަހަރަށް ފާސްކޮށްފައިވަނީ އެކަމަށް ހާއްސަ ބަޖެޓެކެވެ. ގެދޮރުވެރިކަމުގެ ލޯނު ސްކީމާއި ގެދޮރު އެޅުމަށް ހިމެނި 1.5 ބިލިއަން ރުފިޔާއާއެކު ޖުމުލަ 2.5 ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވެސް، އެ ސްކީމަށް އެއް ބިލިއަން ރުފިޔާ ކަނޑައެޅުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
މި ސަރުކާރުގެ ލޯން ސްކީމްތަކުން ލޯނެއް ލިބިފައިވާ އެއްވެސް މީހަކު ނުފެންނަނީ ކީއްވެބާ.
އަހުމަދު - 9 މަސް ކުރިން