ފްރާންސުގެ ކުރީގެ ރައީސް ޖަލަށްލައިފިއެވެ.
ފްރާންސުގެ ކުރީގެ ރައީސް ނިކޮލަސް ސަރްކޯޒީ އަށް އެގައުމުގެ ވެރިރަށް ޕެރިހުގައި ހުންނަ ކްރިމިނަލް ކޯޓުން އިއްވާފައިވަނީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ.
ސަރްކޯޒީގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނާއި ގަވާއިދާ ހިލާފަށް ކެމްޕޭނުތަކަށް ފައިސާ ހޯދި މައްސަލަތައް ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވެއެވެ.
ސަރްކޯޒީގެ މައްޗަށް ކޯޓުން ހުކުމްކޮށްފައިވަނީ ވެރިކަމުގައި ހުންނަވައި އޭރު ލީބިޔާގެ ލީޑަރުކަމުގައި ހުންނެވި ކާނަލް މުއައްމަރަލް ގައްޒާފީއާ ދެމެދު ހިންގާފައިވާ ފައިސާގެ މުއާމަލާތްތަކެއްގެ ތަހުގީގަށްފަހުގައެވެ.
އެތަހުގީގުން ވަނީ ސަރްކޯޒީގެ 2007 ވަނަ އަހަރުގެ ކެމްޕޭނުތަކަށް ގައްޒާފީ ފަންޑުކޮށް އެތައް މިލިއަން ޔޫރޯއިން ފަންޑުކޮށްފައިވާކަން ހާމަވެފައެވެ. ބަދަލުގެ ގޮތުގައި ސަރްކޯޒީ ވަނީ ގައްޒާފީ އަށް ހުޅަނގުގެ ގައުމުތަކުގެ ރުހުން ހޯދުމަށް ފްރާންސް ސަރުކާރުން އެހީތެރިވެދިނުމަށް އެއްބަސްވެފައިކަމަށް ތަހުގީގުން ހާމަވެފައިވެއެވެ.
ފަސް އަހަރުގެ ހުކުމުގެ އިތުރުން ކޯޓުން ވަނީ ސަރްކޯޒީ 100،000 ޔޫރޯއިން ޖޫރިމަނާވެސް ކޮށްފައެވެ.
މިހާރު އުމުރުން 70 އަހަރުގެ ނިކޮލަސް ސަރްކޯޒީ ފްރާންސުގެ ރައީސްކަން ކޮށްފައިވަނީ 2007 އިން 2012 ވަނަ އަހަރަށެވެ.
މުހައްމަދު އައުޒަމް
އިރާން
ދުނިޔެ
ބޭރު ކުޅިވަރު
ކުޅިވަރު