ހއ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އަބްދުލް ރަހުމާން ޔޫސުފެވެ.
ހއ. އަތޮޅު ހޮސްޕިޓަލުގެ ފަސް ބުރި ހިމެނޭ 50 އެނދުގެ އެ އިމާރާތާއެކު ސާވިސް ބިލްޑިންއެއް ވެސް ހިމެނޭނެއެވެ. އަދި އައިސޮލޭޝަން ފެސިލިޓީއާއި އެކްސްރޭ، ސީޓީ، އެމްއާރުއައި، މެމޮގްރަފީ، އަލްޓްރާސައުންޑް ސްކޭން ހިމެނޭ ރޭޑިއޮލޮޖީ ޑިޕާޓްމަންޓް ވެސް ހިމެނެއެވެ.
އޭގެ އިތުރުން އެ މަޝްރޫއުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކާއި، އިންޑަސްޓްރިއަލް ލޯންޑްރީއަކާއި، އޮކްސިޖަން ޕްލާންޓެއް ވެސް ހިމެނެއެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ހޮސްޕިޓަލް ވެގެންދާނީ، ޒަމާނީ ފެންވަރަކަށް ގާއިމުކުރެވޭ ޖާގަ ތަނަވަސް ހޮސްޕިޓަލް އިމާރާތަކަށް ކަމަށެވެ.
ހއ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 185.6 މިލިއަން ރުފިޔާއަށް 780 ދުވަސްތެރޭ ނިންމާގޮތަށެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ