ރާއްޖޭގެ 20 އަތޮޅެއްގެ 115 ރަށެއްގައި 195 ޕްރޮޖެކްޓު ކުރިއަށް ގެންދާ ކަމަށް އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތ. އަތޮލޫގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މިއަދު އެ އަތޮޅު މިއަދު އޮމަދޫއަށް ވަނީ ވަޑައިގަންނަވައިފައެވެ.
އެ އެރަށުގައި ހުންނަވައި އެމްޓީސީސީގެ އެމްޑީ ސައުދީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ އެ ދަތުރުތަކުގެ ސަބަބުން ރައްޔިތުން އެންމެ ބޭނުންވާ ޕްރޮޖެކްޓްގެ މަސައްކަތް ފުރަތަމަ ނިންމާލުމަށް އެމްޓީސީސީން މަސައްކަތް ކުރާ ކަމަށެވެ.
"މިހާރު މި ދަތުރުތަކުގައި އައިޑެންޓިފައި ވަމުން މިދަނީ، އެކިރަށްރަށުގައި އުމްރާނީ ތަރައްގީގެ ގޮތުން ބޭނުންވާ ތަރައްގީ ތަކަކީ ކޮބައިތޯ. ބަނދަރު ކަމަށްވިއަސް، މަގުކަމަށް ވިޔަސް، 195 ޕްރޮޖެކްޓު އެއީ 20 އަތޮޅެއްގައި 115 ރަށެއްގައި. ސްޕޯޓްސް ސެންޓަރު، މަގާއި، ސްކޫލާއި، ހެލްތު ސެންޓަރު، ރަށްރަށުގެ ތަރައްގީއަށް ބޭނުންވެފައި ހުންނަ މަސައްކަތްތައް. ޕްރޮޖެކްޓުތައް ބޭނުންވޭ ވަރަށް އަވަހަށް ނިންމަން،" އެމްޑީ ވިދާޅުވިއެވެ.
އެކުންފުނީގެ 45 އަހަރުގެ ޓީމަކީ ޕްރޯއެކްޓިވްކޮށް މަސައްކަތް ކުރަން އާދަވެފައިވާ ޓީމެއް ކަމަށާއި އެމްޓީސީސީއަކީ ވިޔަފާރި ކުންފުންޏެއް ކަމަށްވުމުން އެމްޓީސީސީން އަބަދުވެސް ފޯކަސް ކުރާނީ ޕްރޮޖެކްޓުތައް އޮންނަ ޓައިމްލައިނަށް ނިންމަން ކަމަށާއި އެކަމުގެ ފަހަތުގައި އެކުންފުނީގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށްވެސް ސައުދީ ވިދާޅުވިއެވެ.
"ކުރިޔަށް މި އޮތް ފަސް އަހަރަށް ނުވަތަ 6 އަހަރަށް އުމްރާނީ ތަރައްގީގެ ތެރެއިން ނިންމާލެވޭނެ ކަންތައްތައް ނިންމާލެވޭނެ ކަމަށް. އަޅުގަނޑުމެންގެ ސުޕާވައިސިން ޓީމުން މަސައްކަތް ކުރަމުންގެންދާނެ ހުރިހާ ރަށެއްގައިވެސް. ދެން ޕްރޮޖެކްޓު މެނޭޖްމަންޓް ޓީމުން. ހަމަ އެއާ އެއްކޮށް ޕްރޮކިއުމަންޓާއި ފައިނޭންސިން ވެސް މަސައްކަތް ކުރަމުން ދާނެ." ސައުދީ ވިދާޅުވިއެވެ.
އެއް ރަށެއްގައި ދެ ޕްރޮޖެކްޓު އެއްފަހަރާ ކުރިޔަށްގެންދަން އެކުންފުންޏާ ހަވާލުކުރި ނަމަވެސް އެމްޓީސީސީން އެންމެ އިސްކަމެއް ދެނީ އެ ރަށެއްގެ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ މަސައްކަތް ނިންމުމަށް ކަމަށާއި ނަމަވެސް ދެން އޮންނަ ޕްރޮޖެކްޓުގެ މަތިން ހަނދާންނައްތާނުލާ ކުރިޔަށްގެންދާނެ ކަމަށެވެ.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ