ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ގޮތުގައި ފެށި "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރްޓީއެލް) ފެރީގެ ހިދުމަތް ތ. އަތޮޅުގައި މިއަދު ފަށައި އެ އަތޮޅުގެ ހުރިހާ ރަށެއް ގުޅާލައިފިއެވެ.
ތ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވޭމަންޑުއަށް ވަޑައިގެން އެ ރަށުގައެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ތ އަތޮޅުގެ ހުރިހާ ރަށެއް އާރްޓީއެލްއިން މިއަދު ގުޅާލެވިފައިވާ އިރު، އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު އެ ހިދުމަތް ބޭނުންކުރުމަށް ޓިކެޓް ނެގޭނެ ކަމަށެވެ.
ތ. އަތޮޅުގައި އާރްޓީއެލް ފެށުމާއެކު އެ ހިދުމަތް ދޭ އަތޮޅުގެ އަދަދު މިހާރު ވަނީ 11 އަށް އަރައިފައެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް ހިންގަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އާރުޓީއެލް ފެރީ މަޝްރޫއަކީ މުޅި ރާއްޖޭގައި ތިން ފިޔަވައްސަކަށް ބަހާލައިގެން ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށްގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުޑައަގެއްގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ މަގު ފަހިކުރުމާއި އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ފައިދާ ހުރި ނިޒާމެއް ގާއިމުކުރުމެވެ.
އާރްޓީއެލް ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހަރަދުކުރެއެވެ.
ކުށް
ކުށް
އެމެރިކާ