ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން އަތުލައިގެންފައިވާ ކަމަށެވެ.

އެތަކެތި އަތުލައިގަނެފައިވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށާއި އެ ތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެ ކަމަށް ބެލެވޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން މިހާރު އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.