އެސްޓީއޯއިން ރާއްޖެއަށް މިރުސް އެތެރެ ކުރިއަސް ތ. އަތޮޅު ކަނޑޫދޫ ދަނޑުވެރިންނަށް އޭގެ ސަބަބުން ގެއްލުން ވިޔަ ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ތ. އަތޮޅު ކަނޑޫދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އެސްޓީއޯ މެދުވެރިކޮށް 23 ބާވަތެއްގެ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކަން ނިންމި ނިންމުމުގެ ތެރޭގައި މިރުސް ހިމެނޭ ކަމަށެވެ.
"ކަނޑޫދޫއަކީ ދަނޑުވެރިކަމުގެ ވަރަށް މުހިއްމު ރަށެއް މިރުސް ހެއްދުމުގައި، އަޅުގަނޑަކީ ވަރަށް ކުޅިކޮށް ކާ މީހެއް، އަޅުގަނޑަށް ވަރަށްމީރު ތިބޭފުޅުންގެ މިރުސް، މާލޭގެ މާރުކޭޓްގައި މިރުސް ޑޮމިނޭޓްކުރާ ފަރާތްތަކަކީ ތިބޭފުޅުން، އަޅުގަނޑު ތިބޭފުޅުންނަށް ވަރަށް ޔަގީންކަން ދެން ތިބޭފުޅުންގެ ވިޔަފާރިއަށް ގެއްލުމެއްނު ވާގޮތަށް މިކަން ކުރާނީ،"
ރައީސް ވިދާޅުވީ، އެކަންތައް އެސްޓީއޯއިން ކުރިއަށްގެންދާނީ، ކަނޑޫދޫގެ ދަނޑުވެރިންނަށް ފައިދާވާގޮތަށް، އެ ދަނޑުވެރިންގެ އަތުން މިރުސް ގަނެގެން ކަމަށެވެ.
"އެސްޓީއޯއިން ތިބޭފުޅުންގެ އަގުގައި ތިބޭފުޅުންނަށް ފައިދާވާ ރަނގަޅު އަގުގައި މިރުސް ގަނެގެން، ތިބޭފުޅުންނަށް އޭގެ ފައިދާ ލިބޭގޮތަށް ހަމަޖައްސައިގެން ކަަމަށްވިޔަސް ތިބޭފުޅުންނަށް އެއްވެސް ގެއްލުމެއްނުވާގޮތަށް އެކަންކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެން،"
އިބްރާހިމް ޒަކީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ރިޕޯޓް
ރިޕޯޓް
ބޭރު ކުޅިވަރު