ތ. މަޑިފުށީ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.
ތ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މަޑިފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި މަޑިފުށީ ކައުންސިލުގެ މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން ބުނީ 1459 މީހުންގެ އާބާދީއެއް ދިރިއުޅޭ މަޑިފުށީ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ނިމުމާއެކު، މިހާރު ސްކޫލު ކުދިންނަށް ދިމާވާ ޖާގައިގެ ދަތިތަކަށް ހައްލެއް ލިބި، ކިޔަވާ ކުދީންނަށް އިތުރު ލުއިފަސޭހަތަކަކާއި ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން މަލްޓިޕާޕަސް ހޯލަކާއެކު އާ ކްލާސްރޫމްތަކެއް ހިމެނޭ ތިން ބުރީގެ އިމާރާތެއް މަޑިފުށީ ސްކޫލަށް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މަޝްރޫއަކީ 57 މިލިއަން ރުފިޔާއަށް 420 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ