މިހާތަނަށް ހަތް ހަނގުރާމަ ނިމުމަކަށް ގެނެސްފައިވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ ރޭ އިރާކޮޅު އދ. ގެ ޖެނަރަލް އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ރައީސްކަމުގެ މިހިނގާ ދައުރުގައި މިހާތަނަށް ހަތް ހަނގުރާމަ ނިމުމަކަށް ގެނެސް އެތައް މިލިއަން މީހުން މަރުނުވެ ސަލާމަތް ކުރެވިފައިވާ ކަމަށެވެ.
ޓްރަމްޕްގެ ވާހަކަފުޅުގައި ވަނީ ހަނގުރާމަތަކުގެ ތެރެއިން މިސްރާއި އިތިޔޯޕިއާ ކުރަމުން އައި ހަނގުރާމަ ނިންމައިލެވިއްޖެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދެގައުމުގެ ދެމެދު އޮތީ ހަމަނުޖެހުމެއް ކަމަށާއި އެކަން ހައްލުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓްރަމްޕް ވަނީ އިޒްރޭލާއި އިރާނުން ކުރި ހަނގުރާމަ ވެސް ނިމުމަކަށް ގެނެވިއްޖެ ކަމަށާއި އިންޑީއާ އާއި ޕާކިސްތާނުން ކުރި ހަނގުރާމައިގެ އިތުރުން ރުވާންޑާ އާއި ކޮންގޯ ކުރަމުން ދިޔަ ހަނގުރާމަ ވެސް ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕް ވިދާޅުވީ ތައިލެންޑާއި ކެމްބޯޑިއާގެ ހަނގުރާމަ އާއި އަރްމޭނިއާ އާއި އަޒަރުބައިޖާނު ހަނގުރާމައިގެ އިތުރުން ސާބިއާ އާއި ކޮސޯވޯ ކުރި ހަނގުރާމަ ވެސް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
އދ. ގެ މައި މަރުކަޒުގައި ތަގުރީރު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ ދުނިޔެއަށް އަމާންކަން ގެނައުމަށް ގިނަ ކަންތައްތަކެއް ކުރެވިއްޖެ ކަމަށާއި އޭނާއަށް ނޮބެލް ޕަރައިޒް ހައްގު ކަމަށެވެ.
މުހައްމަދު އައުޒަމް
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ކާބޯތަކެތި