މ. މުލީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
މ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މުލީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މުލީ ކައުންސިލުގެ ރައީސް އާއި ކައުންސިލުގެ މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން ބުނީ މައިގަނޑުގޮތެއްގައި މަސްވެރިކަންކޮށް އުޅޭ، 1500 މީހުންގެ އާބާދީއެއް އޮންނަ މުލީގައި އެ މަޝްރޫއު ނިމުމާއެކު، ރަށް ގިރުމުގެ މައްސަލަ ހައްލުވެ، ރަށަށް ޒަމާނީ ރީތި ގޮނޑުދޮށެއް ލިބިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން މަސްވެރިންނަށް ވެސް މަންފާކުރާނެ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން 41،000 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކުމާއި، 363 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 310 މީޓަރުގެ ގްރޮއިންސް ޖެހުން ހިމެނެއެވެ. އެ މަޝްރޫއަކީ 35.71 މިލިއަން ރުފިޔާއަށް 250 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ