އަންނަ މަސް ނިމޭއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފައިސާ އޭޓީއެމް ބަހައްޓައި ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މ. އަތޮޅަށް ރައީސް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިރޭ މުލީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ސަރުކާރުން ރަށްތަކުގައި އޭޓީއެމްތައް ގާއިމު ކުރަމުން ދަނީ ރައްޔިތުންނަށް އިންތިހާއަށް އެކި ދަތިތައް ދިމާވާތީ ކަމަށެވެ.
ރައީސް ވިދާޅުވީ މިހާރު ރަށްތަކުގައި ބަހައްޓަމުން އަންނަ އޭޓީއެމްތަކާއެކު، އެ ހިދުމަތް ނުލިބި ހުރި ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމު ކުރެވުނީކަމަށެވެ.
"އޮކްޓޯބަރު މަސް ނިމޭއިރުގައި މި އަންނަ މަސް ނިމޭއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރުފިޔާ އޭޓީއެމް ބަހައްޓައި ނިމޭނެ.. އެއީ އަޅުގަނޑު ވައުދުވެފައި އޮތް ތާރީހުގެ ދެ މަސް ކުރިން. ރިޔާސީ ބަޔާނުގައި އިއުލާނު ކުރިން މި އަހަރު ނިމޭއިރުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހަައްޓައި ނިމޭނޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އޭޓީއެމްތައް ބަހައްޓައި ނިމުމުން ރަށްރަށުގައި އިގުތިސާދީ ގޮތުން ރާއްޖޭގެ ހަރަކާތްތައް އިތުރުވުމާއެކު، ވިޔަފާރިތައް ފުޅާވުމަށް ވެސް މަގުފަހިވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، އިތުރު 40 ރަށެއްގައި އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ކުރިން ޑޮލަރު އޭޓީއެމް ބަހައްޓަން ބީއެމްއެލަށް އަންގާފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އާބަން ސެންޓަރުތަކާއި ސިޓީތަކާއި ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށްރަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު