މާލެއިން ފުރައިގެން ހއ. ދިއްދުއަށް ދަތުރުކުރަމުން ދިޔަ "މެގަ ހޯރަ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނިގޮތުގައި ރޭގެ ވަގުތެއްގައި އެ ބޯޓު އަރާފައިވަނީ ނ. ވަވަތިކުރޮޅިއަށް ފަރަށް ކަމަށެވެ. ބޯޓު ފަރަށް އެރި އިރު އޭގައި 61 މީހުން ދަތުރުކުރަމުން ދިޔަ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ނުލިބެއެވެ.
98 ފޫޓްގެ ފަރުން ނެގުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަކްރާފްޓް ލޯންޗެއް ޑައިވަރުންނާ އެކު އެ ސަރަހައްދުގައި މިވަގުތު ހަރަކާތްތެރިވަމުންދާ އިރު، ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އާއިޝަތު މާހާ
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ރައީސް މުހައްމަދު ނަޝީދު
ހާރިޖީ ގުޅުން