ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތުގެ ފައިނަލަށް ސްރީ ލަންކާއާއި ޕާކިސްތާން ދަތުރުކޮށްފިއެވެ.
ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އިރު، މުބާރާތުގައި ރާއްޖެއާއެކު ޖުމުލަ ހަގައުމަކުން ވާދަކުރިއެވެ. އެއީ ރާއްޖޭގެ އިތުރުން ސްރީ ލަންކާ، ބަންގްލަދޭޝް، ޕާކިސްތާން، އިންޑިއާ، އަދި ދެކުނު އެފްރިކާއެވެ.
ސެމީ ފައިނަލް ފުރަަތަމަ މެޗުގައި، ލީގު ބުރުގެ އެއް ވަނަ ހޯދި ޕާކިސްތާނުން ކުޅުނީ ލީގު ބުރުގެ ހަތަރު ވަނަ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުމެފައިވާ އިރު، މުބާރާތުގައި ފުރިހަމަ ރެކޯޑެއް ދަމަހައްޓަމުން އަންނަ ޕާކިސްތާނުން ވަނީ ބަންގްލަދޭޝަށް އެއްވެސް ފުރުސަތެއް ނުދީ ސީދާ ދެ ސެޓުން މޮޅުވެފައެވެ.
ޕާކިސްތާނުން ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދި އިރު، ސެޓުތައް ގެންދިޔައީ 22-17 އަދި 27-05 އިންނެވެ.
ދެވަނަ ސެމީ ފައިނަލުގައި ލީގު ބުރުގެ ދެވަަނަ ސްރީ ލަންކާއިން ވާދަކުރީ ލީގު ބުރުގެ ހަތަރުވަނަ ރާއްޖެއާ ދެކޮޅަށެވެ. ރާއްޖޭން ލީގު ބުރުގައި ލަންކާ ބަލިކޮށްފައި އޮތް ނަމަވެސް، ސެމީ މެޗުގައި ފެނުނީ ތަފާތު މަންޒަރެކެވެ.
ލަންކާއިން ސެމީ މެޗު ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. ލަންކާއިން ސެޓުތައް ގެންދިޔައީ 12-14 އަދި 14-24 އިންނެވެ.
ކޮމަންވެލްތު ބީޗް ހޭންޑްބޯލްގެ ފައިނަލް މެޗު އޮންނާނީ މިރޭ 8:00 ގައެވެ. އޭގެ ކުރިން ހަވީރު 4:15 ގައި ކުޅޭނީ ލީގު ބުރުގެ ފުލަށް ދިޔަ ދެކުނު އެފްރިކާއާއި އިންޑިއާން ކުޅޭ ރޭންކިން މެެޗެވެ. އަދި މިއަދު ހަވީރު 5:15 ގައި ތިންވަނަ ހޮވާ މެޗުގައި ކުޅޭނީ ސެމީ ފައިނަލުން ބަލިވި ރާއްޖެއާއި ބަންގްލަދޭޝްއެވެ.
ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް
ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް
ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް
ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް