ފ. މަގޫދޫގައި އަލަށް އިމާރާތްކުރާ ޕޮލިސް ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
މަގޫދޫގެ އާ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަގޫދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ޕޮލިސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ހިދުމަތް ފުޅާކުރުމެވެ.
ފާތިމަތު ލިއުޝާ
ފ. މަގޫދޫ
ފ. މަގޫދޫ
ފ. މަގޫދޫ
ފ. މަގޫދޫ