ފ. ފީއަލީގައި ފުޓްސަލް ދަނޑެއް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ފީއަލީގެ ރައްޔިތުންނާއެކު ބޭއްްވި ބައްދަލުވުމުގައެވެ.

އެ މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ މަޝްރޫއުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒުވާނުންނަށް ޚާއްސަ ކުޅިވަރު ދަނޑުތައް ހެދުމާއި މިހާރު ހަދާފައިވާ ދަނޑުތަކުގެ ޓާފް މަރާމާތުކުރުމާއި ޓާފްދަނޑުތަކުގައި ލައިޓް ހަރުކުރުންފަދަ ކަންކަން ކުރުމަށް މި އަހަރުގެތެރޭގައި ސަރުކާރުންވަނީ އެކި ކުންފުނިތަކާ އެ މަސައްކަތްތައް ހަވާލުކޮށްފައެވެ.