ޕޯޗުގަލްއިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމައިފިއެވެ.

ޕޯޗުގަލްއިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

މިއަދުން ފެށިގެން ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ޕޯޗުގަލްއިން ނިންމާފައިވާއިރު ހުޅަނގުގެ ބޮޑެތި ބާރުތަކުން ވަނީ މީގެ ކުރިން ވެސް ފަލަސްތީނު ދައުލަތް ބަލައިގަތުމަށް ނިންމައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން ފުރާންސާއި ޔޫކޭގެ އިތުރުން ކެނެޑާ އާއި އޮސްޓްރޭލިއާއިން ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަނެ އެކަން އިއުލާން ކުރުމަށް ތައްޔާރުވަމުން އަންނަ ކަަމަށް ވެއެވެ.

ޔޫކޭއިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާއިރު މިދިޔަ ހަފުތާގައި އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިނގިރޭސި ބޮޑުވަޒީރު ސަރ ކެއިރް ސްޓާމާ އާއި ބައްދަލުކުރައްވައި ޔޫކޭގެ އެ ނިންމުމާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަފައެވެ.

އދގެ މެންބަރުންގެ ތެރެއިން ގާތްގަނޑަަކަށް ހަތަރުބައިކުޅަ ތިންބައި ފަލަސްތީނު ގައުމެއްގެ ގޮތުގައި ބަލައިގަނެފައިވާއިރު 2012 އިން ފެށިގެން ފަލަސްތީނަކީ އދ ގެ ނޮންމެމްބަރ އޮބްޒާވާ ސްޓޭޓެކެވެ.